ނޫސްބަޔާން
DQP/2012/15ނަންބަރު:
އިންޑިޔާގެ މިނިވަންދުވަހުގެ ރަސްމިއްޔާތު ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވުނު ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަަވަމުން އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާކަމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުންކަމުގައި ވިދާޅުވެ ވާހަކަފުޅުދެއްކުމަކީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީކަމުގައިވާ އިންޑިޔާއިން ގަބޫލްކުރާ ހަމަތަކާއި އުސޫލުތަކާއި ފުށުއަރާގޮތަށް، މީހުން ގާނޫނާއި ޚީލާފަށް ހައްޔަރުކޮށް ބަންދުކޮށް، ޝުޢޫރު ފާޅުކޮށް މުޒާހަރާކުރާފަރާތްތަކަށް އަނިޔާކުރަމުންދާ ދަނޑިވަޅެއްގައި ދިވެހިރައްޔިތުންނަށް މަލާމާތްކުރުމުގެ ގޮތުން ދެއްކެވިވާހަކައަކަށް މެނުވީ ނުވާނެކަން ކަށަވަރެވެ.
ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު އަސާސްކަމަށްވާ މިނިވަން ޝަރުއީ ނިޒާމަށް ދިވެހި ސަރުކާރުން [...]
“ދިވެހިންގެ އިސްލާމީ ޢަޤީދާ ފުނޑުފުނޑު ކޮށްލުމުގައި ރައީސް ނަޝީދުގެ ހީލަތްތެރި ރޭވުންތައް” މިފޮތުގެ ދެވަނަ އަދަދު ލިޔުމުގެ މަސައްކަތް ކުރަމުންދާތީ، ރައީސް ނަޝީދުގެ ސަރުކާރުން އިޒްރާއިލާއި ގުޅުން ބަދަހިކުރުމަށް ކުރަމުންދާ ހީލަތްތެރި ރޭވުންތަކާބެހޭ ތަފްޞީލް މައުލޫމާތު ހޯދުމަށް އެދި ފޮރިން މިނިސްޓަރަށް ޤައުމީ ޕާޓީއިން ސިޓީފޮނުވައިފި
“ދިވެހިންގެ އިސްލާމީ ޢަޤީދާ ފުނޑުފުނޑު ކޮށްލުމުގައި ރައީސް ނަޝީދުގެ ހީލަތްތެރި ރޭވުންތައް” މިފޮތުގެ ދެވަނަ އަދަދު ލިޔުމުގެ މަސައްކަތް ކުރަމުންދާތީ، ރައީސް ނަޝީދުގެ ސަރުކާރުން އިޒްރާއިލާއި ގުޅުން ބަދަހިކުރުމަށް ކުރަމުންދާ ހީލަތްތެރި ރޭވުންތަކާބެހޭ ތަފްޞީލް މައުލޫމާތު ހޯދުމަށް އެދި ފޮރިން މިނިސްޓަރަށް ޤައުމީ ޕާޓީއިން ސިޓީފޮނުވައިފިއެވެ. މިގޮތުން ފޮނުވި ސިޓީ ތިރީގައި އެވަނީއެވެ.
މިނސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަޙްމަދު ނަސީމަށް،
ވެދުން ސަލާމަށްފަހު ދަންނަވަމެވެ.
ދިވެހި ޤައުމީ ޕާޓީއިން ނެރުނު “ދިވެހިންގެ އިސްލާމީ ޢަޤީދާ ފުނޑުފުނޑު ކޮށްލުމުގައި ރައީސް [...]
ޢަބްދުﷲ ޤާޟީ ކިޑްނެޕްކޮށް/ނިޒާމުން ގެއްލުވާލުމާއި ގުޅިގެންނާއި ރައީސް ނަޝީދުގެ ސަރުކާރުން ގާނުންއަސާސީއާއި ބައިނަލް އަގުވާމީ މުޢާހަދާތަކާއި ޚިލާފަށް ކުރައްވާ ކަންތައްތަކާއި ބެހޭ 36 ސަފްހާގެ ރިޕޯޓެއް ބައިނަލް އަގުވާމީ ކަމާބެހޭ ފަރާތްތަކަށް ގައުމީ ޕާޓީއިން ފޮނުވައިފި
ޢަބްދުﷲ ޤާޟީ ކިޑްނެޕްކޮށް/ނިޒާމުން ގެއްލުވާލުމާއި ގުޅިގެންނާއި ރައީސް ނަޝީދުގެ ސަރުކާރުން ގާނުންއަސާސީއާއި ބައިނަލް އަގުވާމީ މުޢާހަދާތަކާއި ޚިލާފަށް ކުރައްވާ ކަންތައްތަކާއި ބެހޭ 36 ސަފްހާގެ ރިޕޯޓެއް ބައިނަލް އަގުވާމީ ކަމާބެހޭ ފަރާތްތަކަށް ގައުމީ ޕާޓީއިން ފޮނުވައިފިއެވެ.
މިރިޕޯޓްގައި ޢަބްދުﷲ ގާޟީ ރަހީންކޮށް/ނިޒާމުން ގެއްލުވާލުމުގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުގެ ފުރިހަމަ ތަފްޞީލް ހިމެނިފައިވާނެއެވެ. އަދި ދިވެހިރާއްޖޭގެ ޝަރުއީ ކޯޓްތަކުގެ އަމުރަށް ސަރުކާރުން ތަބާނުވުމާއި ގާނޫންއަސާސީގެ ބާރުކަނޑުވާލުމަށް ހިންގަމުންގެންދާ އަމަލުތަކާއިބެހޭ ގޮތުން ވަރަށް ތަފްޞީލް ހިމެނިފައިވާނެއެވެ. އަދި އަބްދުﷲ ޤާޟީ ރަހީންކޮށް/ނިޒާމުންގެއްލުވާލުމުގައި، [...]
ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާއަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގައި އެކަށީގެންވާ ދައުރެއް އަދާ ކޮށްދިނުމަށް އެދި އިގިރޭސި ބޮޑުވަޒީރަށް ގައުމީ ޕާޓީއިން ސިޓީއެއް ފޮނުވައިފި
ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާއަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމުގައި އެކަށީގެންވާ ދައުރެއް އަދާ ކޮށްދިނުމަށް އެދި އިގިރޭސި ބޮޑުވަޒީރަށް ގައުމީ ޕާޓީއިން ސިޓީއެއް ފޮނުވައިފިއެވެ. މިސިޓިގައި އިގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަންގެ އަރިހުން އެދިފައިވާނީ ރާއްޖޭގެ ސިޔާސީ އަދި ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ މައްސަލަތަށް ރިވިއުކުރުމަށް އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލުން ކުރާ މަސައްކަތުގައި އިސްދައުރެއް އިގިރޭސި ވިލާތުން އަދާކޮށްދިނުމަށް އެދިއެވެ.
ސިޓިގައި އިގިރޭސި ބޮޑުވަޒީރަކީ ރައީސް ނަޝީދުގެ ވަރަށްގާތް ރަހުމަތްތެރިއެއްކަމަށް ޚޮދު ބޮޑުވަޒީރުވެސް [...]



